ދިވެހިރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އާރޓް އެގަޒިބިޝަން، އަންވެއިލިން ވިޝަންސް ގައި ބައިވެރިވުމުގެ ފިރުސަތު ހުޅުވައިލައިފިއެވެ. މޯލްޑިވިއަން އާޓިޓްސް ކޮމިޔުނިޓީ އިން އިންތިޒާމުކޮއްގެން ބާއްވާ އަންވެއިލިން ވިޝަންސް އަކީ ދިވެހިރާއްޖޭގެ އާޓިސްޓުން ކުރިއަރުވައި، ގިނަ ފުރުސަތުތަކެއް ހުޅުވައިދެއްވާ، އެކި ކަންކޮޅުތަކުން އާޓިސްޓުން ބައިވެރިވެގެން ކުރިއަށްދާ އެގްޒިބިޝަނެކެވެ.
ކާމިޔާބުކަމާއިއެކު މި އެގަޒިބިޝަން ބާއްވާތާ މިހާރު 5 އަހަރުވެއްޖެއެވެ.
15 އަހަރުން މަތީގެ ކޮންމެ އާޓިސްޓަކަށް މި އެގަޒިބިޝަންގައި ބައިވެރިވެވެއެވެ. މި އަހަރުގެ ކެޓެގަރީތަކަކީ، ޑްރޯވިންގް، ޕެއިންޓިންގް، ޑިޖިޓަލް އާރޓް، ކެލިގްރްފީ، ސްކަލްޕްޗާ، އިންސްޓްލޭޝަން، އަދި މިކްސް މީޑިއާ އެވެ.
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/295768925_3322131534686144_8400665183671372853_n.jpg?resize=800%2C800&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_212855.jpg?resize=800%2C534&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_212821.jpg?resize=800%2C533&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_213209.jpg?resize=800%2C533&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_213317.jpg?resize=800%2C534&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_212739.jpg?resize=800%2C449&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_213333.jpg?resize=800%2C533&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_213239.jpg?resize=800%2C533&ssl=1)
![](https://i0.wp.com/maldivianartist.com/wp-content/uploads/2022/08/20220821_213209-1.jpg?resize=800%2C533&ssl=1)
އަޓިސްޓުން ހޮވާނީ އެ އާޓިސްޓެއްގެ މަސައްކަތްތަކާއި، އާޓިސްޓް ބެކްގްރަންޑަށް ބެލުމަށްފަހުގައެވެ.
67 އާޓިސްޓުންނާއި އެކު މިދިއަ އަހަރުގެ އެގްޱިބިޝަންވެސް ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. އެޕްލިކޭޝަން ހުށަހެޔުމުގެ އެންމެ ފަހު ގަޑިއަކީ 31 އޯގަސްޓް 2022 އެވެ.
މޯލްޑިވިއަން އާޓިޓްސް ކޮމިޔުނިޓީ ވަނީ މި އަހަރު އާ ބޯޑެއްވެސް އެކުލަވާލައިފައެވެ.